15 Dec 2019, 13:23
"ވަގަށް ނަގާފައިވާ މަކިޓާ ބްރޭންޑުގެ ކަޓްއޮފް އަކާ" އެކު ދެމީހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު 08:56ގައި ފުލުހުން މާލެ ތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު ބުރުޒުމަގު ކެފޭ އެއް ކައިރިން ހިނގާފައި ދިޔަ އުމުރުން 38 އަދި 39 އަހަރުގެ ދިވެހި ދެ ފިރިހެނެއްގެ އަމަލުތައް ހުރގޮތުން އެމީހުން ހުއްޓުވާ ބަލައި ފާސްކުރި ކަމަށެވެ.
އަދި އެދެމީހުންގެ ތެރެއިން އުމުރުން 38 އަހަރުގެ މީހާގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މަކިޓާ ބްރޭންޑުގެ ކަޓްއޮފް އެއް ފެނިފައިވާ ކަމަށާއި މި މައްސަލަ އާއި ގުޅިގެން އެ ދެމީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.