ލޮނުޒިޔާރަތްމަގުގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކެއްގެ މަޑިތަކުގައި ކަޓަރު އަޅައިފި އެވެ.

އެ ސަރަހައްދުން ވާހަކަ ދެއްކި މީހަކު ބުނީ އިއްޔެ ރޭ ފަސް ސައިކަލެއްގެ މަޑިތަކުގައި ކަޓަރުއަޅައި ދެ ސައިކަލެއްގެ މަޑިއަށް ކަޓަރު ހަރާފައި ހުރި ކަމަށެވެ. އަދި ކަޓަރު އަޅައި ފަސް ސައިކަލުގެ މަޑިވެސް ވަނީ އެއްކޮށް ކަފާލައިފަ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފަދަ މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށާއި އެކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

މަގުމަތީގައި ބަހައްޓާފައި ހުންނަ ސައިކަލުތަކުގެ މަޑިތަކުގައި ކަޓަރު އެޅުމާއި ސައިކަލުތަކަށް ގެއްލުންދީ އަލިފާން ރޯ ކުރުން ފަދަ ކަންތައްތައް ދޭތެރެ އަކުން އަންނަނީ ކުރަމުންނެވެ.