15 Dec 2019, 09:30
ބަތަލާ ވިދްޔާ ބާލަންގެ ކުރިއަޔް އޮތް ފިލްމު ޝަކުންތަލާ ދޭވީ ރިލީޒްކުރާ ދުވަސް އާންމުކޮށްފިއެވެ.
ވިދްޔާގެ ބައޮގްރޮފިކަލް ޑްރާމާ ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ މެއިމަހުގެ އަށްވަނަ ދުވަހުއެވެ. ފިލްމުގެ ޝޫޓިން މިހާރު އެއްކޮށް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތެވެ.
ހިއުމަން ކޮމްޕިއުޓަރުގެ ނަމުން މަޝްހޫރުވި އިންޑިއާގެ ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީގެ ވާހަކަ ކިޔައިދޭ މި ފިލްމާ މެދު ކުރެވޭ އުންމީދުތައް ބޮޑުކަމަށް ވިދްޔާ ބުންޏެެވެ.
ފިލްލްމުގައި ވިދްޔާގެ އިތުރުން ސާނިއާ މަލްއުތުރާ،އަމިތު ސާދު ހިމެނެއެވެ. އަދި ޖިއްޝޫ ސެންގުޕްތާވެސް އުޅޭނެއެވެ.
ވިދްޔާ އެންމެފަހުން ސްކްރީނުން ފެނިގެންދިޔައީ މިޝަން މަންގަލް އިންނެވެ. އެ ފިލްމަކީ އިންޑިއާގެ ފުރަތަމަ ސްޕޭސް ފިލްމެވެ.