27 Nov 2011, 13:10
އާސެނަލް ކެޕްޓަން ރޮބިން ވެން ޕާސީގެ އާދަޔާ ޚިލާފު މޮޅު ކުޅުމަށް އެ ޓީމުގެ މިޑްފީލްޑަރު އެލެކްސް ސޯންގް ތަޢުރީފް ކޮށްފި އެވެ. ވެން ޕާސީ ވަނީ މިސީޒަނުގައި ކުޅުންތެރިއެއްގެ ފަރާތުން ފެންނާނެ އެންމެ މޮޅު ކުޅުން ދައްކާފައެވެ.
ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް އާސެނަލް ގެންގޮސް ދިނުމުގަ އާއި ޕްރެމިއާ ލީގުގައި އެކުލަބަށް ލިބެމުންދިޔަ ނާކާމިޔާބީ ތަކަށް އުނިކަން ގެނެސްދިން އެއް ކުޅުންތެރިއަކީ ވެން ޕާސީ އެވެ. މިއަހަރު ވެންޕާސީ ވަނީ ޕްރެމިއާ ލީގުގައި 31 ލަނޑު ކާމިޔާބު ކޮށްފަ އެވެ.
"ވެން ޕާސީ އެހެރީ ވަރުގަދަ ފޯމެއްގައި. އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ކޮންމެ މެޗެއްގައި އޭނާ އެދަނީ އެކަން ސާބިތު ކޮށްދެމުން. ވެން ޕާސީ އަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް. އޭނާ އަށް އަނިޔާއެއް ވެއްޖެއްޔާ އަހަރެމެންނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެ." ސޯންގް ބުންޏެވެ.
ހޮލެންޑުގެ ގައުމީ ޓީމަށް ވެސް ކުޅެމުންދާ ވެން ޕާސީ އަކީ އެގައުމުގެ ފެޔަނޫޑް ކުލަބުން 2004 ވަނަ އަހަރު 2.75 މިލިޔަން ޕައުންޑަށް އާސެނަލް އަށް ބަދަލުވި ކުޅުންތެރިއެކެވެ.