13 Dec 2019, 10:23
ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ ނިކް ޖޯނަަސް ބޮލީވުޑަށް ނުކުންނަން ތައްޔާރުކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ބޮލީވުޑް ފިލްމުތައް ޕްރޮޑިއުސް ކުރުމަށް ނިކް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އަދި އިންޑިއާ ސަރަހައްދުގެ ފިލްމުތައް ޕްރޮޑިއުސްކުރުމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.
ޕްރިޔަންކާ ވަނީ 2015 ވަނަ އަހަރު ހޮލީވުޑަށް ތައާރަފްވެފަ އެވެ. އޭނާ ހޮލީވުޑަށް ތައާރަފްވުމަށް ފަހު ބޮލީވުޑް އާ ދުރަށްޖެހިލާފައިވެ އެވެ. ނަމަވެސް އޭނާ ވަނީ މިއަހަރު އަނެއްކާވެސް ބޮލީވުޑް ސްކްރީނުން ފެނިގެންގޮއްސަ އެވެ.
ޕްރިޔަންކާ އަންނަނީ ޕްރޮޑަކްޝަން ހައުސް އެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ޕްރޮޑަކްޝަން ހައުސް ނިމުމުން ނިކް ޖޯނަސް ވަރަށް ފައިދާކުރާނެ އެވެ.