11 Dec 2019, 20:21
އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓައި ފިލި މީހާ ފުލުހުން ހޯދައިފި އެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަނުން މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ފިލާފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެއީ ކާކު ކަމެއް ފުލުހުން ނުބުނެ އެވެ.
އެމީހާ މިހާރު ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އެ މީހާއަކީ ވައްކަމުގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަން މާލެ ފޮނުވަން 9 ޑިސެމްބަރު 2019 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހެއް." ފުލުހުން ބުނެފައިވެ އެވެ.