ރެޑްވޭވްއިން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކުރި މޮލްފިކްސް ބްރޭންޑުގެ ނެޕީއަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމުގައި ރެޑްވޭވުން ބުނެފިއެވެ.

ރެޑްވޭވުން ތައާރަފް ކޮށްފައިވަނީ މޮލްފިކްސް ބްރޭންޑުގެ ޕޭންޓްސް، ޑައިޕާރސް އަދި ބޭބީ ޑައިޕާރސް އެވެ. ރެޑްވޭވުން ބުނީ މޮލްފިކްސް ބްރޭންޑަކީ ދުނިޔޭގައި ނަންހިނގާ، ރާއްޖޭގެ މާރކެޓުގައި ހުރި އެހެން ބްރޭންޑްތަކާއި ހިލާފަށް، ސީދާ ޔޫރަޕުން ރާއްޖެއަށް ގެނެސް ވިއްކަމުންދާ، ކޮލިޓީ ނެޕީ ބްރޭންޑެއް ކަމަށެވެ.

ތުއްތު ދަރިފުޅުގެ ނާޒުކު ހަންގަނޑާއި އެންމެ އެކަށީގެންވާފަދަ ގޮތަކަށް ފަރުމާ ކުރެވިފައިވާ ނެޕީގައި އެލޯވެރާ އާއި ކެމޮމައިލް އެކުލެވޭ ފަށަލައިގެ ސަބަބުން ތުއްތު ދަރިފުޅުގެ ހަންގަނޑު ރީތިކޮށް ބަހައްޓައިދޭނެކަމަށް ރެޑްވޭވުން ބުންޏެވެ.

މޮލްފިކްސް ޕޭންޓްސް އަދި ޑައިޕަރގާ ނެޕީ ފޯވިކަން އަންގައިދޭ، ކުލަބަދަލުވާ "ވެޓްނަސް އިންޑިކޭޓާރ" ލައިނެއް ހިމެނެއެވެ. އަދި އެއާއި އެކު މޮލްފިކްސް ޕޭންޓްސްގައި ހިމެނޭ "އެނަޓޯމިކް ފިޓް"ގެ އަދި ޑައިޕާސްގައި ހިމެނޭ 3ޑީ ޓެކްނޮލޮޖީގެ ސަބަބުން ހަށިގަނޑުގެ ބައްޓަމާއި އެއްގޮތަށް ނެޕީ ދެމި، ހަރުލުމަށް ވެސް މަގުފަހިވެއެވެ.

އޭގެ އިތުރުންވެސް، ނެޕީގައިވާ ޑަބަލް ލޭއަރ އަދި ލީކުވުން ހުއްޓުވައިދޭ ބެރިއަރގެ ސަބަބުން ނެޕީ ބޮޑަށްފޯވެ، ލީކުވުންހުއްޓުވައިދެއެވެ. އަދި މި ނެޕީ ތައްޔާރުކުރެވިފައިވަނީ ފަސޭހައިން ލައްވާލެވޭ އަދި ބާލާވެސް ލެވޭ ގޮތަށެވެ. މޮލްފިކްސް ބްރޭންޑުގެ އިތުރު މައުލޫމާތު މޮލްފިކްސް ގެ އޮފިޝަލްވެބްސައިޓްއިން ލިބިވަޑައިގަންނަވާނެއެވެ.

މޮލްފިކްސް ބްރޭންޑްގެ ޕޭންޓްސް، ޑައިޕާރސް އަދި ބޭބީ ޑައިޕާރސް ކަސްޓަމަރުންނަށް ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވަރަށް ހާއްސަ އަގުތަކެއްގައި ލިބެއެވެ. އެގޮތުން އެ ބްރޭންޑްގެ 6 ސައިޒެއްގެ ޑައިޕާރސް އާއި ޕޭންޓްސް މިހާރު ލިބެއެވެ.

ރެޑްވޭވުން ބުނީ އެކުންފުނީގެ އަމާޒަކީ ރާއްޖޭގެ ބާޒާރަށް ކޮލިޓީ ރަނގަޅު ބުރޭންޑްތަކެއް ހެޔޮއަގުގައި ތައާރަފްކޮށް، "ކޮލިޓީ ބްރޭންޑް އަގުބޮޑުވާނޭ" ކަމުގައިދެކޭ ވިސްނުން ބަދަލުކޮށްލުމެވެ.