26 Nov 2011, 18:22
ނ. ވެލިދޫ ސިއްހީ މަރުކަޒުގައި އޮތް ހާލުދެރަ ބަލި މީހަކު އެމްއެންޑީއެފުން މާލެ ގެނެސްފި އެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި ވެލިދޫ މުޙައްމަދު ހަފީޒް (68) މާލެ ގެނެސްފައި ވަނީ އޭނާގެ ހާލު ސީރިއަސްވެގެން މާލެ ގެންދިއުމަށް އޭނާ ބެލި ޑޮކްޓަރު އިރުޝާދު ދެއްވުމުން އެ މަރުކަޒުން އެމްއެންޑީއެފް ނޮދަން އޭރިއާއަށް ގުޅައި އެދުމުން ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އޭނާ މާލެގެނެސްފައި ވަނީ ކޯސްޓްގާޑުގެ އިސްކަންދަރު ލޯންޗުގައި ކަމަށެވެ. އަދި އޭނާ މާލެ ގެނެސްފައި ވަނީ އެ ރަށަށް ގޮސް ރޭ ފަތިހު 5:45 ހާއިރު ކަމަށާއި މާލެ ގެނައުމަށް ފަހު އެމްއެންޑީއެފް މެޑިކަލް ސަވިސްގެ ބެލުމުގެ ދަށުން ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށާފައި ކަމަށެވެ.