11 Dec 2019, 12:40
މިއަހަރު ނުކުތް އެންމެ ކާމިޔާބު ފިލްމު ވޯ އެމެޒޯން ޕްރައިމް އިން ސްޓްރީމް ކުރަން ފަށައިފިއެވެ.
މިއަހަރު 300 ކުރޯޑުގެ އާމްދަނީ އެއް ލިބުނު ހަމަ އެކަނި ފިލްމު ވޯ އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ފިލްމު އެމެޒޯންއިން ސްޓްރީމް ކުރަން ފެށުމުން ގިނަ ބަޔަކު ވަނީ އެ ފިލްމު ބަލާފައެވެ. ސިނަމާތަކުން ވޯ ނުބެލުނު މީހުންނަށް މިއީ ރަނުގެ ފުރުސަތެކެވެ.
އެ ޕްލެޓްފޯމުން ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ފިލްމުގެ ޑައިރެކްޓަރު ސިދާތު ބުނީ ފިލްމުގެ ސީކުއަލެއް ހެދުމަށް ވިސްނުން ހުރި ކަމަށާއި ދެވަނަ ބައި ގެނެސްދޭނެ ގޮތް މިހާރު ސިކުނޑީގައި ރާވާލައިފައިވާ ކަމަށެވެ.
އޭނާ ބުނީ އުންމީދު ނުކުރާ ވަރުގެ ތަރުހީބެއް ފިލްމަށް ލިބެމުން އަންނަ ކަމަށާއި "ވޯ" ދިގުދަންމައިދޭން ބެލުންތެރިން އެދޭ މިންވަރު އެކަމުން ހާމަވެއްޖެކަމަށެވެ. އަދި ބެލުންތެރިންގެ ޑިމާންޑް ފިލްމަށް އޮތްކަމަށް ހާމަވެގެންގޮސްފިކަމަށެވެ.
އެ ފިލްމު ރިލީޒްކުރިތާ ތިންވަނަ ދުވަހު ވަނީ 100 ކުރޯޑުގެ އާމްދަނީއެއް ހޯދާފައެވެ.
"ވޯ" ވަނީ 4،000 ސްކްރީނުގައި ދައްކާފައެވެ.