އިސްލާމްއާބާދު (ނޮވެމްބަރ 26) : އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯގެ ޢަސްކަރީ ހެލިކޮޕްޓަރަކުން ޕާކިސްތާނަށް ޙަމަލާދީ ޕާކިސްތާން ސިފައިންގެ 25 މީހަކު މަރާލައި 14 މީހަކު ޒަޚަމްކޮށްލައިފިއެވެ.

ޕާކިސްތާނުގެ ޖާސޫސީ އިދާރާއިން ބުނިގޮތުގައި ނޭޓޯގެ ޢަސްކަރީ ހެލިކޮޕްޓަރެއް ޕާކިސްތާނުގެ ހުޅަނގު އުތުރަށް ޤަވާޢިދާ ޚިލާފަށްވަދެ ޕާކިސްތާން ސިފައިންގެ ޢަސްކަރީ ޗެކްޕޮއިންޓަކަށް ޙަމަލާދީ އެތަށްބަޔަކު މަރާލީއެވެ. ނޭޓޯއިން މަރާލި ޕާކިސްތާން ސިފައިންގެ ތެރޭގައި ޢަސްކަރީ އިސް އޮފްސަރަކުވެސް ހިމެނޭކަމަށާއި ޕާކިސްތާނަށް ޙަމަލާދިން ހެލިކޮޕްޓަރަކީ އެމެރިކާގެ ހެލިކޮޕްޓަރެއްކަމށް ޚަބަރުލިބެއެވެ.

ނޭޓޯއިންވަނީ އެޖަމާއަތުގެ ޙަމަލާއެއްގައި ޕާކިސްތާން ސިފައިންގެ 25 މީހުން މަރުވިކަމުގެ މަޢްލޫމާތު ލިބުނުކަމަށް ބުނެފައެވެ. ނަމަވެސް ނޭޓޯގެ ތަރްޖަމާން މިކަމަށް މަޢާފަށް އެދިފައެއް ނުވެއެވެ. ނޭޓޯއިން ޕާކިސްތާން ސިފައިންގެ 25 މީހަކު މަރާލާފައިވަނީ ނޭޓޯގައ ހިމެނޭ އެމެރިކާގެ ޢަސްކަރީ މަތިންދާބޯޓަކުން ޙަމަލާދީ އަފްޣާނިސްތާނުގެ 6 ކުޑަކުއްޖަކު އިއްޔެ މަރާލުމަށްފަހުގައެވެ.

ނޭޓޯއިން ޕާކިސްތާން ސިފައިންގެ 25 މީހަކު މަރާލާފައި މިވަނީ އެމެރިކާއާއި ޕާކިސްތާނުގެ ގުޅުންތައް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. (ރޮއިޓާސް)