ނެޓްފްލިކްސްގެ މަގުބޫލު ޝޯ ކަމަށްވާ "ޗިލިން އެޑްވެންޗާސް އޮފް ސެބްރީނާ"ގެ ތިން ވަނަ ސީޒަން އަންނަ ޖަނަވަރީ މަހު ރިލީޒްކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ނެޓްފްލިކްސް އިން މިހާރު ވަނީ އެ ސީރީޒް ދައްކާނެ ތާރީހު އިއުލާންކޮށްފަ އެވެ. އެ ސީރީޒް ދައްކަން ފަށާނީ ޖެނުއަރީ 24ގައެވެ.

ޖުމްލަ 16 އެޕިސޯޑު އެކުލެވޭ އެ ސީރީޒްގެ ހަތަރު ވަނަ ސީޒަނެއް ވެސް ނުކުންނާނެއެވެ.

ނެޓްފްލިކްސް އިން ސެބްރީނާގެ ފުރަތަމަ ދެ ސީޒަން ނެރެފައިވަނީ ވަރަށް ކައިރި ކައިރީގައެވެ. އެއީ ސެބްރީނާގެ ފުރަތަމަ ސީޒަން ވަނީ ދެ ބަޔަކަށް ބަހާލާފައެވެ.

ސީޒަންގެ ފުރަތަމަ ބައި ދައްކާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައެވެ. އަދި ދެވަނަ ބައި ދައްކާފައިވަނީ އޭޕްރިލްގައެވެ.
ގިނަ ބަޔަކު ބުނާގޮތުގައި އަންނަ އަހަރުގެތެރޭގައި ސެބްރީނާގެ ދެ ސީޒަން ރިލީޒުކުރާނެ ކަމަށް ބެލެވެއެވެ.