އަންނަ މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ މެއިން ސްޕޮންސަރަކަށް ދިރާގް ހަމަޖައްސައިފި އެވެ.

ދިވެހި ޓީމްގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖެއްސީ މިއަދު ހެނދުނު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސް ކޮންފަރެސެއްގައެވެ. އެގޮތުން މިސްޕޮންސާޝިޕް އެގްރީމަންޓުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް މާކެޓިން އަހުމަދު މައުމޫން (މާނު) އެވެ އަދި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައީސް ހިޔަލީ މުހައްމަދު ރަޝީދެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ޤައުމީ ޓީމް ސްޕޮންސާ ކުރުމަށް ފަހު ދިރާގުން މިއަދު ނެރުނު އެއް ސޮފުހާގެ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ފުޓްބޯޅައަކީ ރާއްޖޭގައި އެންމެ މަޤުބޫލް ކުޅިވަރަކަށްވާ ހިނދު، ޤައުމީ ފުޓްބޯޅަ ޓީމަށްޓަކާ އެންމެހައި ދިވެހިން ފަރުވެރިވާ ހިނދު، ދިރާގުން ދެކެނީ ފުޓްބޯޅަ ކުރިއެރުވުމަށް ދިރާގުން ކުރާ ކޮންމެ ކަމަކީ ޤައުމީ ކަމެއްގެ ގޮތުގައި ކަމަށެވެ.

ގައުމީ ޓީމް ދިރާގުން ސްޕޮންސާ ކޮށްފައި ވާއިރު، އެކުންފުނީ ވަނީ ރާއްޖޭގައި ކުޅޭ އެންމެ ބޮޑު ލީގް ކަމުގައިވާ "ދިރާގް ދިވެހިލީގް" ވެސް ސްޕޮންސާކޮށްފަ އެވެ.