09 Dec 2019, 15:24
މާލެ އަތޮޅުގައި ހިންގާ ފިހާޅޮހި އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ އެ ރިސޯތުގައި މޫދަށް އެރިއުޅުނު 62 އަހަރުގެ ޗައިނާ މީހަކު މަރުވި މައްސަލަ މިއަދު 10:34 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
އެ މައްސަލަ އިތުރަސް ބަލަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފިހާޅޮހި އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު މިއަދު މަރުވެފައިވާއިރު އދ. ހުވަހަންދޫގައި ހިންގާ ލިލީ ބީޗް ރިސޯޓް އެންޑް ސްޕާއިން ސްނޯކްލިންއަށް ގޮސް އުޅުނު 74 އަހަރުގެ ޗައިނާ ފިރިހެނަކު މިދިޔަ ބުރާސްފަތި ދުވަހު ވަނީ މަރުވެފައެވެ.
މިއަހަރުގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ގެނބިގެން މަރުވެފައެވެ. މިފަދަ ހާދިސާތައް މަދުކުރުމަށް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގެ ސަލާމަތީ ކަންތައް ހުރިގޮތް ބެލުމަށް އިންސްޕެކްޝަންތައް ފަށައިފައެވެ.