26 Nov 2011, 15:02
މެންޗެސްޓާ ޔުނައިޓެޑްގެ ބްރެޒިލް މިޑް ފީލްޑަރު އެންޑަސަންގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އަންނަ އަހަރު ފެބްރުއަރީ މަހާއި ހަމައަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
އުމުރުން 23 އަހަރުގެ އެންޑަސަންގެ ކަކުލަށް މިދިޔަ އަހަރު ވެސް އަނިޔާއެއް ލިބި ކުޅުމާއި ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައި ވެއެވެ. މިއަހަރު އެންޑަސަން އަށް އަނިޔާވީ މިމަހު ކުރީކޮޅު އެޓެލުލް ގަލާޓީ އާއި ދެކޮޅަށް މެންޔުނައިޓެޑް ކުޅުނު ޗެމްޕިއަންސް ލީގު މެޗުގަ އެވެ.
"އަންނަ އަހަރު ފެބްރުއަރީ މަހާއި ޖެހެންދެން އެންޑަސަން ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ. ކުރިން ދެއްކި ޑޮކްޓަރަށް ދެއްކުމަށް އޭނާ މިހާރު ވަނީ ޕޯޗުގަލް އަށް ފުރާފައި. މިއީ ދެރަ ހަބަރެއް." ފާގަސަން ބުންޏެވެ.
އެންޑަސަން ގެ އިތުރުން އެކުލަބުގެ އިނގިރޭސި މިޑްފީލްޑަރު ޓޮމް ކްލެވަލީ ވެސް ހުރީ އަނިޔާގަ އެވެ. އެހެން ކަމުން މެންޔުނައިޓެޑްގެ މެދުތެރެއަށް ބޮޑު އުނިކަމެއް ލިބިގެން ދާނެއެވެ.