އދ. ގެ މޫސުމާ ބެހޭ ކޮންފަރެންސް، ކޮޕް 25 ގައި ބައިވެރިވެ ވަޑައިގަތުމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ސްޕެއިން އަށް ފުރާ ވަޑައިގެންފި އެވެ.

މިމަހުގެ 2-13 އަށް ސްޕެއިންގެ މެޑްރިޑްގައި ކުރިއަށްދާ މި ކޮންފަރެންސްގައި އެންވަޔަރަމެންޓް މިނިސްޓަރުގެ އަރިހުގައި އެ މިނިސްޓްރީގެ އިސް އޮފިޝަލުންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ކޮންފަރެންސްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ރާއްޖޭން ވަކާލާތުކުރާނެއެވެ.

އެގޮތުން ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ، ކުޑަ، ޖަޒީރާ ޤައުމަކަށްވުމުން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ހުރިކަމާއި އޭގެ މުހިއްމުކަން ހާމަކޮށް ޖައްވަށް ބޭރުވާ ވިހަގަސް ބޭރުންކުރުން މަދުކުރުމަށް ބޭރު ގައުމުތަކުން އެއްބާރުލުން ހޯދުމަށް ގޮވާލާނެ

ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުންޞެވެ.
ދުނިޔޭގެ މޫސުމާއިބެހޭ މި ބޮޑު ބައްދަލުވުމުގައި 200 ގައުމަކުން ޖުމްލަ 25000 މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.