26 Nov 2011, 14:46
ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ވިހި ކުޅުންތެރިންގެ ނޭޕާލް ގައުމީ ޓީމުގެ ސްކޮޑު އިޢުލާންކޮށްފި އެވެ. ނޭޕާލްގެ ސްކޮޑު އިޢުލާން ކޮށްފައި ވަނީ އެ ޓީމުގެ އިނގިރޭސި ކޯޗް ގްރަހަމް ރޮބަޓްސް އެވެ.
އަންނަ މަހު 2 ން 11 އަށް އޮންޑިއާގައި ބާއްވާ ސާފް ޗެމްޕިއަން ޝިޕަށް ތައްޔާރުވުމުގެ ގޮތުން ނެގި 24 ކުޅުންތެރިންގެ ސްކޮޑުން ނޭޕާލް ޓީމުން ހަތަރު ކުޅުންތެރިން އުނިކޮށްފައިވެ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އަނިލް އޮޖްހާ އާއި ނިރަޖަން މައްލާ އާއި ޖިތެންދުރާ ކާކީ އަދި ރަމޭޝް ކަޓުވަލް އެވެ.
މުބާރާތުގައި ނޭޕާލް ހިމެނެނީ އެންމެ ފަހު ރަނަރަޕް ދިވެހިރާއްޖެ އާއި އެއް ފަޅިއެއްގަ އެވެ. ގްރޫޕް ބީގައި ހިމެނޭ އަނެއް ދެ ޓީމަކީ ބަންގްލަދޭޝް އާއި ޕާކިސްތާނެވެ. ގްރޫޕް އޭ ގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި، އަފްޣާނިސްތާނާއި ސްރީލަންކާ އަދި ބޫޓާން އެވެ.
ނޭޕާލް ޓީމުގެ ފައިނަލް ސްކޮޑް:
ގޯލް ކީޕަރުން – ކިރަން ޗެމްޖޮންގް، ބިކާޝް މައްލާ، ރިތޭޝް ތަޕާ
ޑިފެންޑަރުން – ސަގަރް ތަޕާ (ކެޕްޓަން)، ރޯހިތް ޗާންދް، ސަންޑިޕް ރާއީ، ޑީޕަކް ބުސަލް، ބިކާޝް ސިންގް ޗެތްރީ، ރޮބިން ސުރެޝްތަ، ބިރާޖް މަހާޖަން.
މިޑްފީލްޑަރުން – ބިޖޭ ގުރުންޖް، ރާޖޫ ތަމަންގް، ނިރަޖަން ކަޑްކާ، ބޯލާ ސިލްވަލް، ޖަގްޖީތް ޝުރެސްތާ.
ފޯވާޑުން – ޖުމާނުއް ރާއީ، ސަންޓޯޝް ސަހުކަލާ، އަނިލް ގުރުންޖް، ބަރަތް ޚަވާޝް، ސޫޖަލް ޝުރެސްތާ.