08 Dec 2019, 11:44
ފިހާރައެއް ފަޅާލަން އުޅުނު ބިދޭސީއެއް ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ހައްޔަރުކުރީ ބޮޑު ފުންގަނޑު މަގުގައި ހުރި ފިހާރައެއް ފަޅާލަން މަސައްކަތް ކުރި 28 އަހަރުގެ ބަނގުލަދޭޝް މީހެއް ކަަމަށެވެ.
އޭނާ ހައްޔަރުކުރި ގަލޮޅު ޕޮލިސްއިން އެ ސަރަހައްދު ޕެޓްރޯލް ކުރަމުންދަނިކޮށް ރޭ ދަންވަރު 3:00 ގައި ކަަމަށް ފުލުހުން ބުންޏެވެ.
ބިދޭސީ މީހާ އެ ފިހާރަ ފަޅާލަން އުޅުނު ނަމަވެސް އޭނާއަށް އެއްވެސް އެއްޗެއް ވަގަށް ގެންދެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު އެ މައްސަލަ މިހާރު އިތުރަށް ތަހުގީގްކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ދާދި ފަހުން އިމިގްރޭޝަންއިން ވަނީ ގަވައިދާ ހިލާފަށް ގެސްޓް ހައުސް ހިންގައި ވިޔަފާޜިކުރި މައްސަލައެއްގައިވެސް ބިދޭސީންތަކެއް އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފައެވެ.