ޑިޒްނީ ސްޓޫޑިއޯއިން މިއަހަރު ނެރުނު ލައިވް އެކްޝަން ފިލްމު ކަމަށްވާ "އެލާޑިން"ގެ ސްޕިން އޮފް އެއް ޑިޒްނީގެ ސްޓްރީމިން ސާވިސް "ޑިޒްނީ ޕްލަސް" އިން ނެރުމަށް ތައްޔާރުވެއްޖެ އެވެ.

މީނަ މަސްއޫދާއި ނެއޯމީ ސްކޮޓް ލީޑް ރޯލުން ފެނިގެންދިޔަ އެލާޑިންގެ ފިލްމަކީ މިއަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގައި ހިމެނޭ އެއް ފިލްމެވެ. އެގޮތުން ޑިޒްނީ އިން ބުނީ އެ ފިލްމުގެ ކާމިޔާބީއަށް ބަލާ ޑިޒްނީގެ ސްޓްރީމިން ސާވިސް އަށް އެލާޑިންގެ ވާހަކައިގެ ބައެއް ގެންނާނެ ކަމަށެވެ.

ޑިޒްނީ އިން ބުނެފައިވަނީ އެ ސްޕިން އޮފް ތައްޔާރު ކުރާނީ އެލާޑިން ފިލްމުން ފެނިގެން ގޮސްފައިވާ ޕްރިންސް އެންޑާސްގެ ހަޔާތުގެ މައްޗަށެވެ.

އެގޮތުން ސްޕިން އޮފްގެ މަސައްކަތް ކުރުމަށް އެ ރޯލުން ފެނިގެން ގޮސްފައިވާ ބިލް މެގްނަސަން އާއެކު ޑިޒްނީއިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޑިޒްނީއިން ބުނެފައިވަނީ އެ ޕްރޮޖެކްޓުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެހެން ނަމަވެސް އެ ޕްރޮޖެކްޓާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ޑިޒްނީއިން ހާމަކޮށްފައެއް ނުވެއެވެ.