ތިން ކުޅުން ތެރިން ބަކީކޮށް، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ފައިނަލް ސްކޮޑް މިއަދު ހެނދުނު އިއުލާން ކޮށްފި އެވެ.

ސްކޮޑުން ބާކީވި ތިންކުޅުންތެރިންނަކީ، މާޒިޔާގެ އަހުމަދު ރަޝީދު (އައްމަޑޭ)އާއި ނިއުގެ ސޮބާހު މުހައްމަދު އަދި އިބްރާހިމް ޝިހާމު (ކުޑަތޮއްޑޫ) އެވެ.

ޤައުމީ ޓީމުގެ ފައިނަލް ސްކޮޑްގައި ތިބީ 20 ކުޅުންތެރިންގެ ސްކޮޑެކެވެ.

މިފަހަރުގެ ފައިނަލް ސްކޮޑުގައި އަލަށް ހިމެނުނު ކުޅުންތެރިންނަކީ ނިއުގެ އަލީ ފާސިރު (ސެންޓޭ) އާއި ވިކްޓަރީގެ ހަސަން އަދުހަމާއި ވިކްޓަރީގެ ޝާފިއު އަހުމަދާއި މާޒިޔާގެ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އާއި ވީބީ ސްޕޯޓްސްގެ އިސްމާއިލް ފަރުހާދު އަދި މާޒިޔާގެ ގޯލްކީޕަރު އަހުމަދު އާތިފް (އާތީ)އެވެ.

މިއަދު އެފްއޭއެމް ހައުސްގައި އިއުލާން ކުރި 20 ކުޅުންތެރިންގެ ފައިނަލް ސްކޮޑް:
އިމްރާން މުހައްމަދު، ގޯލްކީޕަރު
މުހައްމަދު ފައިސަލް، ގޯލްކީޕަރު
އަހުމަދު އާތިފް، ގޯލްކީޕަރު
މުހައްމަދު ޝިފާން (ކުޑައްޓޭ)
އައްސަދު އަބްދުލް ގަނީ (އައްސަދު)
މުހައްމަދު އުމެއިރު
މުހައްމަދު ޖަމީލް (ޖަމްބޭ)
ޝާފިއު އަހުމަދު (ޝާފީ)
އިސްމާއިލް މުހައްމަދު (އިއްސޭ)
ޝަމްވީލް ގާސިމް (ބޮންޑާ)
އަކުރަމް އަބްދުލް ގަނީ (އަކޫ)
މުހައްމަދު އާރިފް (ބަކާ)
ހަސަން އަދުހަމް
އަލީ ފާސިރު (ސެންޓޭ)
އިބްރާހިމް ފަޒީލް (އޮއްޕޮ)
އަލީ އަޝްފާގް (ދަގަނޑޭ)
އައްސަދު އަލީ (އަޑުބަރޭ)
އަހުމަދު ތޯރިގް (ޓޮމް)
ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ)
އިސްމާއިލް ފަރުހާދް

އޮފިޝަލުން:
މެނޭޖަރު: އަލީ ވަހީދު (ބަލަކް)
ކޯޗު: އިސްތަވާން އުރުބާނީ
އެސިސްޓެންޓް ކޯޗު: އިސްމާއިލް މަހެފޫޒް (އިންމަ)
އެސިސްޓެންޓް ކޯޗު: މޫސާ މަނިކު (ކުޑަ މޫސަ)
ގޯލްކީޕަރު ޓްރެއިނަރު: އަސްލަމް އަބްދުލް ރަހީމް
މެޑިކަލް އޮފިސަރު: އަހުމަދު ޝަކީބް
ކިޓް މެނޭޖަރު: އަބްދުލް ސައްތާރު އަހުމަދު
މީޑިއާ އޮފިޝަލް: މުހައްމަދު ޖައުޝަން ޝަރީފް

މުބާރާތުގައި ވާދަކުރުމަށް ޤައުމީ ފުޓްބޯޅަ ޓީމް އަންނަ ހޯމަ ދުވަހު ދިއްލީއަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރު ކޮމެންވެލްތު ގޭމްސް ބޭއްވި ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމް ގައި މިފަހަރުގެ މުބާރާތް ބާއްވާއިރު، އެދު ވަހުގެ ފުރަތަމަ މެޗުގައި ނުކުންނަ ދެ ޓީމަކީ ބްގްލަދޭސް އާއި ޕާކިސްތާނެވެ. ދެވަނަ މެޗުގައި ނުކުންނަ ދެ ޓީމަކީ ރާއްޖެއާ ނޭޕާލެވެ. މިމެޗް ކުޅެނީ ރާއްޖެ ގަޑިން 5:30 ގަ އެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެ ފަޅީގައި ހިމެނޭ ޤައުމުތަކަކީ ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާނެވެ.