06 Dec 2019, 08:39
އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް 26، އާއި އެމެރިކާގެ މޮޑެލް ޖީޖީ ހަދީދް 24، އަލުން ގުޅެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޖީޖީ އާ ޒޭންގެ ގުޅުން މިހާރު ކުރިއަށް ވުރެ ރަނގަޅުވެފައިވާ ކަމަށާއި ޖީޖީ މިހާރު ބޭނުންވަނީ ޒޭން އާ އަލުން ގުޅެންކަމަށެވެ.
ދެ ފަންނާނުން މިދިޔަ އަހަރު ރުޅިވިއިރު އެކަން ވަނީ ދެ މީހުން ވެސް ކަށަވަރުކޮށްދީފައެވެ. އަދި އެމީހުންވަނީ އެކަކު އަނެކަކަށް އަންފޮލޯވެސް ކޮށްފައެވެ. ނަމަވެސް މަންޒަރު ބަދަލުވެގެންދިޔައީ އެދެތަރިން އެކުގައި އެއްކޮށް ފެނުމުންނެވެ.
ޖީޖީ ވަނީ ޒޭންއާ ރައްޓެހިވުމުގެ ކުރިން ލަވަކިޔުންތެރިޔާ ޖޯ ޖޯނަސްއާ ރައްޓެހިވެގެން އުޅުމަށް ފަހު ރުޅިވެފައެވެ. ޒޭން ވެސް ވަނީ ލަވަކިޔުންތެރިޔާ ޕެރީ އެޑްވާޑްސްއާ ރައްޓެހިވެގެން އުޅުމަށް ފަހު 2015ގައި ރުޅިވެފައެވެ.