އިންޑިއާގެ މަޝްހޫރު އަންހެން ކްރިކެޓް ތަރި މިތާލީ ރާޖްގެ ވާހަކަ ކިޔައިދޭ ފިލްމަށް ކާމިޔާބު ބަތަލާ ތާޕްސީ ޕަންނޫ ސޮއިކޮށްފި އެވެ.

ވަޔަކޮމް 18 ސްޓޫޑިއޯސް އިން ޕްރޮޑިއުސްކުރާ ފިލްމުގެ ނަމަކީ "ޝަބާސް މިތޫ" އެވެ. އެ ފިލްމު ޑައިރެކްޓްކުރާނީ ރައީސް ފިލްމު ވެސް ޑައިރެކްޓްކުރި ރާހުލް ދޮލާކިއާ އެވެ. ފިލްމުގެ ޝޫޓިން އަންނަ އަހަރު މެދުތެރޭ ފަށާއިރު އެ ފިލްމު ރިލީޒްކުރާނީ 2021ގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފިލްމުގެ ޓީމުން ބުނީ އެ ރޯލަަށް އެންމެ އެކަށީގެންވާ ބަތަލާ އަކީ ތާޕްސީ ކަމަށާއި އޭނާ އެ ރޯލު އެންމެ ފުރިހަމައަށް ކުޅޭނީ ވެސް އޭނާ ކަމަަށެވެ.

ތާޕްސީ އަތުގައި މިހާރު ވެސް ކުޅިވަރު ކުޅޭ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް އެބައޮތެވެ. އެއީ ދުވުންތެރިޔާ ރާޝްމީގެ ވާހަކަ ކިޔައިދޭ "ރާޝްމީ ރޮކެޓް" އެވެ.