05 Dec 2019, 09:47
ކޮރެއާގެ އެކްޓަރު ޗާ އިން ހާ މަރުވެފައި ވެފައި އޮއްވާ ފެނިއްޖެ އެވެ.
އުމުރުން 27 އަހަރުގެ ބަތަލު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދާ ގޭތެރެއިން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއިީ ފާއިތުވި ދެ މަސްތެރޭ ކޮރެއާގެ އެކްޓަރަކު މަރުވި ތިން ވަނަ ފަހަރެވެ.
އޭނާ މަރުވުމާ އެކު މުޅި އިންޑަސްޓްރީ ޝޮކެއްގައި ތިބި އިރު އޭނާގެ ފޭނުން އަންނަނީ ޗާ އިން ހާ މަރުވުމާ ގުޅިގެން ހިތާމަ ފާޅުކުރަމުންނެވެ. އަދި އޭނާގެ އާއިލާއަށް އަންނަނީ ތައުޒިޔާ ކިޔަމުންނެވެ.
ފުލުހުން އަންނަނީ މިހާރު އޭނާ މަރުވާން ދިމާވި ސަބަބު ބަލަމުންނެވެ.