ރާއްޖޭގައި ފަތުވެރިއަކު މިޔަރުތަކާއެކި ނެގި ވީޑިއޯ އެތައް ބަޔަކަށް ސަޅިވެ ވަރަށް ބޮޑު ސަމާލުކަމެއް ލިބެއްޖެއެވެ.

މަޝްހޫރު ނިއުސް އޭޖެންސީ އޭބީސީ ނިއުސްއިން މިމަހުގެ ދެވަނަ ދުވަހު ޓުވިޓާގައި އެ ވީޑިއޯ އާންމުކުރުމާއެކު އެތައް ބަޔަކު ވަނީ އެ ޕޯސްޓްއަސް ލައިކް ދީ ކޮމެންޓްކޮށް ރީޓްވީޓްކޮށްފައެވެ.

އެ ވީޑިއޯގައި އަންހެނަކު ފެންމަތީގައި އޮންނައިރު އޭނާގެ ކައިރިންނާއި ވަށައިގެން އެތަކެއް މިޔަރުތަކައް އުޅޭތަން ފެނެއެވެ.

އޭބީސީގެ ޓުވީޓުގެ ކެޕްޝަންގައި ލިޔެފައިވެއެވެ." މިޔަރުތަކާއެކީ ފަންމަތީގައި އެއްވެސް ޖެހިލުމެއްނެތި ޓޫރިސްޓަކު އެބައޮތެވެ."

އާންމުކޮށް މިޔަރު ތަކާއެކީ އެހާ ކައިރީގައި އުޅެން ބައެއް މީހުން ޖެހިލުންވެއެވެ. އަދި ވަރަށް މަދުން މިޔަރު މީހުންނަށް ހަމަލާ ދިނުމުގެ ހާދިސާތައް ދުނިޔޭޣެ އެކި ކަންކޮޅުތަކުގައި ހިނގާފައިވެއެވެ. ނަމަވެސް ޓުވިޓާގައި އެ ވީޑިއޯއަށް ކޮމެންޓް ކުރިމީހުން ބުނީ އެެ ވީޑިއޯގައި ފެންނަނީ ނާސް ޝާކުގެ ވައްތަރެއް ކަމަށާއި މިއީ އެއްވެސް ވަރަަކަށް ނުރައްކާތެރި ވައްތަރެއްގެ މިޔަރެއް ނޫން ކަމަަށެވެ.

ޓުވިޓާގައި އެ ވީޑިއޯއަށް ކޮމެންޓް ކުރި ރާއްޖޭގެ ހޮޓަލެއް ކަަމަށްވާ ކިނަން ހޮޓެލްސްއިން ބުނީ އެ ވީޑިއޯ ގަނައިފައިވަނީ ވާވު އަތޮޅުގެ މަޝްހޫރު ޝާކްޕޮއިންޓް އެއްގައި ކަަމަށެވެ.

މިޔަރަކީ ރާއްޖޭގައި މިހާރު ހިމާޔަތްކޮށްފައިވާ ބާވަތެއްވެސް މެއެވެ. އަދި ހިމާޔަތްކުރި ފަހުން މިޔަރުގެ ބާވަތްތައް ރާއްޖޭގައި އިތުރުވެ މަސްވެރިން ބާނާ މަސްކޮޅު އިތުރުވުމުގެ ހާދިސާތައް އިތުރުވެފައިވާކަމަށް މަސްވެރިން ބުނެެއެވެ.