04 Dec 2019, 16:04
ހދ. ހަނިމާދޫގައި ދިވެއްސަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ރަހީނުކޮށްފައިވާ މީހާ ސަލާމަތްކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހު ކަމަށެވެ.
ފުލުހުންގެ މަސައްކަތުން އޭނާ ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. މި ދެމީހުންގެ ބަންދަށް ކުޅުދުއްފުށީ ކޯޓުން ވަނީ 10 ދުވަސް ޖަހައިފައެވެ.
މީހަކު ރަހީނު ކުރި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.