04 Dec 2019, 16:05
ހޮވައިގެން ފުލުހުންނަށް ހަވާލުކޮށްފައިވާ 100 ރުފިޔާގެ ނޫޓެއްގެ ވެރިފަރާތް ހޯދަން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ މާލޭގައި ހުންނަ ދޮންމަސް ފްރެޝް ފިހާރަ ކައިރިން ހޮވައިގެން ގެނެސްފައިވާ 100 ރުފިޔާގެ ނޫޓެއްގެ ވެރިފަރާތެއް ވެފައިނުވާތީ، މި ރުފިޔާގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ނޫޓަކީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ދޮންމަސް ފްރެޝް ފިހާރަ ކައިރިން ހޮވައިގެން އާންމުންގެ މީހަކު ފުލުހުންނާ ހަވާލުކޮށްފައިވާ ނޫޓެއް ކަމަށް ފުލުހުން ބުންޏެވެ.
ވީމާ މިފައިސާގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވެ ފައިސާއާ ހަވާލުވުމަށް ފުލުހުން އެދެއެވެ.