ޕްރެޝަރުތަކާ ގުޅިގެން އިންޑިއަން އައިޑަލްގެ ޖަޖިން ޕެނަލުން ވަކިވި އަނޫ މާލިކްގެ ބަދަލުގައި މިއުޒިކް ކޮމްޕޯސަރު ހިމޭޝް ރޭޝަމިޔާ ޖަޖިން ޕެނަލަށް ގުޅިއްޖެ ކަމަށް ހަބަރުތައް ބުނެފިއެވެ.

އައިޑަލްގެ ޖަޖިން ޕެނަލާ ގުޅުމުން މިހާރު އައިޑަލްގެ ޖަޖިން ޕެނަލުގައި ތިބޭނީ ނެހާ ކައްކަރު އަދި ވިޝާލް ދަދުލާނީ އެވެ. ހިމޭޝް އަކީ ސޮނީ ޓީވީ އިން ގެނެސްދިން ސުޕަސްޓަރ ސިންގަާގެ ޖަޖެކެވެ.

އިންޑިއަން އައިޑަލް އާ ހިމޭޝް ގުޅުމުން އޭނާ ނެރުނު ސްޓޭޓްމަންޓުގައި ބުނީ އައިޑަލް އަކީ ހަމައެކަނި އިންޑިއާގައި އެންމެ ދިގު މުއްދަތަކަށް ދެމިގެންދާ ޝޯ އެއް ނޫންކަމަށާއި އެ ޝޯ އަކީ އައިކޮނިކް ޝޯ ކަމަށެވެ. އައިޑަލްގެ ޖަޖިން ޕެނަލާ ގުޅުމުން ޒިންމާތައް އިތުރުވެގެންދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މިދިޔަ އަހަރު ސޮނީ ޓީވީ އިން އަނޫ ވަކިކުރުމަށް ފަހު ވަނީ ލަވަކިޔުންތެރިޔާ ޖާވިދު އަލީ އެވެ.

އަނޫގެ މައްޗަށް އެފަދަ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް އޭނާ ބުނީ އޭނާގެ މައްޗަށް ކުރަނީ ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއްކަމަށެވެ.