04 Dec 2019, 09:25
ނެޓްފްލިކްސްގެ މަގުބޫލު ޝޯ ކަމަށްވާ "ޗިލިން އެޑްވެންޗާސް އޮފް ސެބްރީނާ"ގެ އާ ސީޒަން އަންނަ އަހަރުގެ އޭޕްރިލްގައި ރިލީޒްކުރާނެ ކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފި އެވެ.
ސެބްރީނާގެ ގިނަ ފޭނުން ތިބީ މިއަހަރުގެ ފަހުކޮޅުގައި އެ ޝޯގެ އާ ސީޒަންއެއް ފެނިގެންދާނެ ކަމަށް އުއްމީދުކޮށްގެނެވެ. ނަމަވެސް ނެޓްފްލިކްސް އިން ބުނެފައިވަނީ އެ ޝޯގެ އާ ސީޒަންއެއް ނެރޭނީ އަންނަ އަހަރުގައި ކަމަށެވެ.
ޓީވީ ކްރިޓީކުން ބުނާގޮތުގައި އަންނަ އަހަރުގެ އޭޕްރިލް ފަހުކޮޅުގައި ނެޓްފްލިކްސް އިން ސެބްރީނާގެ އާ ސީޒަން ނެރޭނެއެވެ.
ނެޓްފްލިކްސް އިން ސެބްރީނާގެ ފުރަތަމަ ދެ ސީޒަން ނެރެފައިވަނީ ވަރަށް ކައިރި ކައިރީގައެވެ. އެއީ ސެބްރީނާގެ ފުރަތަމަ ސީޒަން ވަނީ ދެ ބަޔަކަށް ބަހާލާފައެވެ.
އެގޮތުން ސެބްރީނާގެ ފުރަތަމަ ސީޒަންގެ ޝޫޓިން ވަނީ އެއްކޮށް އެކީގައި ނިންމާލާފައެވެ. ނަމަވެސް ފުރަތަމަ ސީޒަން ދެބަޔަކަށް ބަހާލައި ނެޓްފްލިކްސް އިން އެ ޝޯ ދައްކާފައިވަނީ ދެ ސީޒަނަކަށެވެ. އެގޮތުން ސީޒަންގެ ފުރަތަމަ ބައި ދައްކާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައެވެ. އަދި ދެވަނަ ބައި ދައްކާފައިވަނީ އޭޕްރިލްގައެވެ.
ގިނަ ބަޔަކު ބުނާގޮތުގައި އަންނަ އަހަރުގެތެރޭގައި ސެބްރީނާގެ ދެ ސީޒަން ރިލީޒުކުރާނެ ކަމަށް ބެލެވެއެވެ. އެއީ އޭޕްރީލްގައި ރިލީޒްކުރާ ސީޒަން އަކާއި އޮކްޓޯބަރުގައި ރިލީޒުކުރާ ސީޒަން އެކެވެ.