14:30


ދިރާގު ތްރީޖީގެ ހިދުމަތް އދ. މަހިބަދޫ އާއި ދ. ކުޑަހުވަދޫ އަށް ދޭން ފަށައިފި އެވެ.


ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން މެނޭޖަރ މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިރާގުގެ ތްރީޖީގެ ހިދުމަތް މިއަދުން ފެށިގެން އެ ދެ ރަށަށް ލިބެމުންދާނެ ކަމަށެވެ. އަދި އެ ދެ އަތޮޅުގެ އިތުރުން ކުރު މުއްދަތެއްގެ ތެރޭ އިތުރު އެހެން ރަށްތަކަށް ވެސް ދިރާގު ތްރީޖީގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިރުޝާން ވިދާޅުވި އެވެ.


ދިރާގުގެ ތްރީޖީ މޯބައިލް ބްރޯޑް ބޭންޑް އިންޓަނެޓްގެ ޚިދުމަތް އެންމެ ފަހުން ދީފައިވަނީ ހއ. ދިއްދޫ އަށާއި ގއ. ވިލިނގިއްޔަށެވެ.


ދިރާގު ތްރީޖީ ނެޓްވާކްގެ ތެރޭ އެންމެ ގިނަ ކަސްޓަމަރުންގެ މަގްބޫލުކަން ލިބިފައިވާ ޚިދުމަތަކީ ދިރާގު ޓަޗް ނެޓް ކަމަށް ދިރާގުން ބުނެ އެވެ.