ކޮމިކް ރޯލުތައް ކުޅުމަށް މަޝްހޫރު ބަތަލު ޖާވިދު ޖެފްރީ ކޫލީ ނަންބަރު 1ގެ ކާސްޓާ ގުޅިއްޖެ އެވެ.

އެ ފިލްމުގެ ރޯލަކަށް ޖާވިދު ހަމަޖެއްސިއިރު ފިލްމުގެ ޓީމުން ބުނީ އެ ރޯލު ކުޅުމަށް އެންމެ އެކަށޭނެ މީހަކީ ޖާވިދު ކަމަށާއި އޭނާގެ ހުނަރާ މެދު ސުވާލެއް ނުއުފެދޭ ކަމަށެވެ.

ނަމްބަރު ވަން ބެނާގެ ދަށުން 1995 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު 'ކޫލީ ނަމްބަރު1'ގެ ރީމޭކްގައި ލީޑު ތަރިންގެ ގޮތުގައި ފެނިގެންދާނީ ވަރުން ދަވަން އަދި ސާރާ އަލީ ޚާން އެވެ. އެ ފިލްމަކީ ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރާ ފިލްމެކެވެ.

އެ ފިލްމު ވެގެންދާނީ ވަރުން އޭނާގެ ބައްޕަގެ ފިލްމެއްގައި މަސައްކަތް ކުރާ ތިން ވަނަ ފަހަރަށެވެ.

ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ މެއި ފުރަތަމަ ދުވަހު އެވެ.
'ކޫލީ ނަމްބަރު 1'ގެ ލީޑުން ފެނިގެންދިޔައީ އޭރުގެ އެންމެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ކަރިޝްމާ ކަޕޫރާއި ގޯވިންދާ އެވެ.