ކަލާސް ޗެނަލުން ގެނެސްދޭ މުނިފޫހިފިލުވުމުގެ ޝޯ "ބިގް ބޮސް 13" މިހާރު ފަށައިގެން ކުރިއަށްދާއިރު މަދޫރިމާ ތޫލީ އެ ޝޯ އާ ގުޅިއްޖެ އެވެ.

މަދޫރިމާ ބިގް ބޮސް އާ ގުޅުނުއިރު އޭނާގެ ކުރީގެ ލޯބިވެރިޔާ ވިޝާލް އަދިތްޔާ ސިންހް ވަނީ ދާދިފަހުން ވައިލްޑް ކާޑު މެދުވެރިކޮށް ޝޯ އާ ގުޅިފަ އެވެ. ވައިލްޑް ކާޑު މެދުވެރިކޮށް މަދޫރިމާ ވެސް ވަނީ ޝޯ އާ ގުޅިފަ އެވެ.

އެދެމީހުން ވަނީ ސްޓާޕްލަސް އިން ގެނެސްދިން "ނަޗް ބަލިޔޭ 9"ގައި ބައިވެރިވ ތިން ވަނަ ވެސް ހޯދައިފަ އެވެ.

މަދުރިމާ ބުނީ ނަޗް ބަލިޔޭގައި ވިޝާލް އާ އެއްކޮށް ހަތަރު މަސް ދުވަސް އުޅެވިއްޖެ ކަމަށާއި ބިގް ބޮސްގެ ގެއަށް އައުމުން ވިޝާލް އާ އެކު ދިރިއުޅުމަށް އުނދަގޫތަކެއް ކުރިމައްޗެއް ނުވާނެ ކަމަށެވެ. މިއީ ކުރާ ޗެލެންޖެއް ކަމަށާއި ވިޝާލް އާ ކުރިމަތި ލުމަށް ތައްޔާރަށް ހުރިކަމަށް ވެސް މަދޫރިމާ ބުންޏެވެ.

ބިގް ބޮސް ކަހަލަ ވަރުގަދަ ޕްލެޓްފޯމެއް ލިބުމުން ދޫކޮށެއް ނުލާނެ ކަމަށާއި ކުރިއަށްދާން މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މިއީ ތިން މަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޝޯ އެކެވެ.
"ބިގް ބޮސް"ގެ ޝޯ އެއް ފުރަތަމަ ގެނެސްދީފައި ވަނީ 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިނެއްގަ އެވެ.