އިންފްލުއެންޒާ ޖެހިގެން ދިވެއްސަކު މަރުވެއްޖެ އެވެ.

އިންފުލުއެންޒާ ޖެހިގެން ޖެހިގެން މަރުވެފައި ވަނީ މ. މުލި، މަރިޔާޒް، މުހައްމަދު ރަފީއު، 51، އެވެ. އޭނާ މަރުވީ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.

ރަފީއުގެ އަންހެން ދަރިއަކު ސަން" އަށް ބުނީ އޭނާގެ ބައްޕަ ބަލިވެ އުޅޭތާ މަސް ދުވަސްވަރު ވެދާނެ ކަމަށެވެ. އަދި ބުނީ އޭނާގެ ބައްޕް އިންފުލުއެންޒާ އޭ އަދި ނިއުމޯނިއާއަށްވެސް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

" އެންމެ ފުރަތަމަ ރަށުން ބުނީ ޑެންގީއޭ. ދެން ފަހުން މާލެއައިސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާތާ މިހާރު ދެ ހަފްތާއަށް ވުރެ ބޮޑުވެދާނެ. އެންޓިބަޔޮޓިކް ފަދަ ބާރުގަދަ ބޭސްތަކަކަށްވެސް ގުޑާނުލި. ބޭރަށް ގެންދަންވެސް މަސައްކަތް ކުރިން. އެކަމު އޮކްސިޖަން މަދުވީމަ ރިސްކީކަމަކަށް ވާތީ ނުގެންދެވުނީ" އަންހެން ދަރިފުޅު ކިޔައިދިނެވެ.

ނިޔާވި ރަފީއުއަކީ މުލީ ކޯޓުގައި ވިޗަރުކަން ކުރަމުންދިޔަ މީހެކެވެ. އޭގެ އިތުރުން ކޮންމެވެސް ވަރަަކަށް ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރިކަމަށްވެސް އޭނާގެ ދަރި ބުންޏެވެ.

" ބައްޕަ ބަލިވުމާ ހަމައަށް ވަރަށް ސިއްހަތު ރަނގަޅުކޮށް ހުންނެވީ. ވަރަށް ބަލިނުވާނެ" ރަފީއުގެ ދަރިފުޅު ބުންޏެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މިދުވަސްވަރަކީ ބަންދުދުވަސްތަކަށް ވާތީ ިއިންފްލުއެންޒާ އިތުރުވަމުންދާތީ ސަމާވުމަށްވެސް އިލްތިމާސްކޮށްފައެވެ.

މިދިޔަ މަހު އިންފްލުއެންޒާ އަށް 261 މީހަކު ޓެސްޓުކުރި އިރު 130 މީހަކު ޕޮޒިޓިވްވިކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.