އެންމެ ބޮޑު އެއް ސްޓްރީމިން ސާވިސް ކަމަށްވާ ނެޓްފްލިކްސް އަށް ކޮންމެ މަހަކު އާ ކޮންޓެންޓުތައް އާދެ އެވެ. އޮރިޖަލް ޝޯތަކާއި ފިލްމުތަކުގެ އިތުރުން އެހެން ނެޓްވޯކްތަކުގެ އުފެއްދުންތައް ވެސް ކޮންމެ މަހަކު ނެޓްފްލިކްސް އަށް އާދެ އެވެ. މި އަހަރުގެ އެންމެ ފަހު މަހަށްވާތީ ނެޓްފްލިކްސް އިން ވަރުގަދަ އުފެއްދުންތައް ނެރުމަށް ވަނީ ތައްޔާރުވެފަ އެވެ.

ވީ ވޯސްގެ ޓްރެއިލަރުން މަންޒަރެއް ---

ވީ ވޯސް – ޑިސެމްބަރު 5

ސީޑަބްލިއުގެ ވެމްޕަޔާ ޑައިރީސްގެ ފޭނުންނަށް މިޝޯ ކަމުދިޔުން އެކަށީގެންވެ އެވެ. ސަބަބަކީ ވެމްޕަޔާ ޑައިރީސްގެ ޑޭމަން ސެލްވެޓޯގެ ރޯލުން ފެނިގެންދާ އީއަން ސޮމަހޯލްޑާ، އަނެއްކާ ވެސް ވެމްޕަޔާ އުޅޭ ޝޯއަކުން ފެނިގެން ދިޔުމެވެ.

ވީ ވޯސްގެ ފުރަތަމަ ސީޒަން އަކީ 10 އެޕިސޯޑްގެ ސީޒަނެކެވެ.

ދަ ވިޗާ އަކީ މި އަހަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ޝޯ --

ވިޗާ – ޑިސެމްބަރު 20

މިއީ ނެޓްފްލިކްސް އިން ނެރޭ އޮރިޖިނަލްތަކުގެ ތެރެއިން މުޅި އަހަރު ވެސް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެއް ޝޯއެވެ.

މިހާތަނަށް އުފައްދާފައިވާ އެންމެ ބޮޑު ޓީވީ ޝޯ ކަމަށްވާ "ގޭމް އޮފް ތްރޯންސް" އާ ވާދަކުރުމަށް ޓަކައި ނެޓްފްލިކްސް އިން ނެރޭ ދަ ވިޗާގެ ލީޑް ރޯލުން ހެންރީ ކެވިލް ފެނިގެންދާނެ އެވެ.

ވިޗާގެ ފުރަތަމަ ސީޒަންގައި އަށް އެޕިސޯޑު ހިމެނޭނެ އެވެ.

ސައުންޑްޓްރެކް ގެ ޕްރޮމޯޝަނަލް ވީޑިއޯއިން މަންޒަރެއް

ސައުންޑްޓްރެކް – ޑިސެމްބަރު 18

ހައިސްކޫލް މިއުޒިކަލް ފަދަ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ސައުންޑްޓްރެކް ކަމުދާނެ އެވެ.

ސައުންޑްޓްރެކްގައި ފެނިގެންދާނީ ލޮސް އެންޖެލެސްގައި އުޅޭ ބަޔަކު ޑާންސް ޕްރެކްޓިސްތަކަކުން ދިމާވެ އެމީހުންގެ ހަޔާތް ދައްކުވައިދޭ މަންޒަރެވެ.

މި ޝޯގެ ފުރަތަމަ ސީޒަންގައި 10 އެޕިސޯޑު ހިމެނޭނެ އެވެ.

ނެޓްފްލިކްސް އަށް އަންނަ އިތުރު އޮރިޖިނަލްތައް

އަ ކްރިސްމަސް ޕްރިންސް : ދަ ރޯޔަލް ބޭބީ – ޑިސެމްބަރު 5

މެރިޖް ސްޓޯރީ – ޑިސެމްބަރު 6

ޓްރައިއޭޑް ޕްރިންސެސް – ޑިސެމްބަރު 6

ވާޖިން ރިވާސް – ޑިސެމްބަރު 6

ޔޫ : ސީޒަން 2 – ޑިސެމްބަރު 26