24 Nov 2011, 16:05
ބާވީސް ވަނަ ވަނަ ޤައުމީ ކެރަމް މުބާރާތުގެ ގުރުއަތުލުން ކެރަމް ހޯލުގައި ރޭ ބާއްވައިފި އެވެ.
މާދަމާ މެންދުރު ފަހު 2:30 ގައި ފެށުމަށް ހަމަ ޖެހިފައިވާ މި މުބާރާތުގައި 10 ޓީމަކުން ބައިވެރިވެފައި ވާއިރު ޕްރިމިއާ ޑިވިޝާނާއި ސެކަންޑް ޑިވިޝަންގައި ގިނަ އަދަދެއްގެ އަންހެން ކުޅުންތެރިންނާއި ފިރިހެން ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
ކުޅިބަލަން ބޭނުންވާ ފަރާތްތަކަށް އާންމުކޮށް ހުޅުވާލެވިފައިވާ މި މުބާރާތުގެ މެޗުތައް މަދަމާ އިން ފެށިގެން މިމަހުގެ 30 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެއެވެ.
ކެރެމް އެސޯސިއޭޝަނުން ބުނީ، މުބާރާތް ހުޅުވުމަށް ހަމަޖެހިފައިވަނީ ޓީމް އިވެންޓުގެ މެޗުތަކުންނެވެ. އެގޮތުން ޓީމް އިވެންޓުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ލީގް އުސޫލުން ވާދަކޮށް ލީގުގެ އެއްވަނަ އަދި ދެވަނަ ހޯދާ ދެ ޓީމުގެ ދެމެދުގައި ފައިނަލެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ޓީމް އިވެންޓަށް ފަހު ކުޅުމަށް ހަމަޖެހިފައިވަނީ މިކްސް ޑަބަލްސް އިވެންޓެވެ. އެއަށްފަހު ޑަބަލް އިވެންޓް އަދި އެންމެ ފަހު އިވެންޓެއްގެ ގޮތުގައި ސިންގަލްސް އިވެންޓެވެ. މިހުރިހާ އިންޑިވިޖުއަލް އިވެންޓްތަކެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ނޮކްއައުޓްގެ އުސޫލުންނެވެ.