02 Dec 2019, 08:39
ބޮލީވުޑްގެ ކާމިޔާބު ބަތަލު އަކްޝޭ ކުމާރުގެ އަންހެނުން ޓުވިންކަލް ކަންނާގެ މާމަ ބެޓީ ކަަޕާޑިއާ މަރުވެއްޖެއެވެ.
ބެޓީ މަރުވެފައިވަނީ މިދިޔަ ހޮނިހިރުދުވަހުގައެވެ. ބެޓީ އަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވީ އޭނާގެ އުމުރުން 80 އަހަރުގައެވެ.
ނޭވާލާން އުނދަގޫވެ ބެޓީއަށް މުމްބާއީގައި ހުންނަ ހިންދޫޖާ ކެއާއަށް ގެންދިޔައީ މިދިޔަ މަހު މެދުތެރޭގައެވެ. އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވިއިރު ވަނީ ނޭވާލާ ނިޒާމަށް ބަލިޖެހިފައެވެ.
ބެޓީ މަރުވުމާ ގުޅިގެން ގިނަ ބަޔަކު އާއިލާ އަށް ތައުޒިޔާ ސޯޝަލް މީޑިއާގައި އަންނަނީ ކިޔަމުންނެވެ.