ށ. ކޮމަންޑޫގެ ބިން ހިއްކުމާއި ތޮށިލުމުގެ މަސައްކަތް 38.9 މިލިއަން ރުފިޔާ އަށް، 100 ޕަސެންޓް ސަރުކާރުގެ ކުންފުނި، ވޯކްސް ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ ކޮމަންޑޫގެ އިރުމަތީ ފަރާތުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން ބިން ހިއްކުމާއި ތޮށިލުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން އިއްޔެ ސޮއިކުރެއްވީ އެ މިނިސްޓްރީގެ ނައިބު ޝިފާޒް އަލީ ކަމަށެވެ. އަދި ވޯކްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އަފީފް ހުސެއިން ކަމަށެވެ.

އެ މަސައްކަތުގައި ކޮމަންޑޫ އިރުމަތީ ފަރާތުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 4.5 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން 851 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައި ކަމަށް ހައުސިން މިނިސްޓަރީން ބުންޏެވެ.

އެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައި ވަނީ 260 ދުވަހުގެ ތެރޭގަ އެވެ.