01 Dec 2019, 15:46
ހދ. ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ބޯކޮށް އެރަށުގެ 20 ގެއަކަށް ފެން ވަދެ ގެއްލުންތައް ލިބިއްޖެއެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއް ލަތީފް ހަސަން "ސަން" އަށް ވިދާޅުވީ އެ ރަަށަށް މިއަދު ފަތިހު ފަހަކުން ފެށިގެން ހެނދުނު ނުވަޔަކާ ހަަމައަށް ވަރށް ބޯކޮށް ވާރޭ ވެހުނު ކަަމަށެވެ.
އަދި ފެންބޮޑުވި 20 ގޭގެ ތެރެއިން ތިން ގެއެއްގައި މީހުން ދިރިނޫޅެވޭވަރު ވުމުން އެގޭގައި އުޅުނު މީހުން އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ބޮޑަށް ފެން ބޮޑުވީ އެރަށުގައި ތިރިއަށް ހުންނަ ހަތަރު ސަރަހްދަކުން ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.
ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން މިހާރު ހޮޓްލައިންއެއް ގާއިމްކޮށްފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ.
ފެން ހިއްކުމުގެ ގޮތުން ޕަމްޕް ޖައްސައި ކޯރު ކެނޑުމުގެ ކަންތައް މިހާރު ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ރެޑްކުރެންސެންޓް، ސިފައިން، އެސްޓީއޯ، ފުލުހުންނާއި ކައުންސިލް، ޕަބުލިކް ވޯކްސް، ކޭޕީއެލް އަދި ރަށުގައި ގާއިމުވެފައި ހުރި އެހެނިހެން މުއައްސަސާތަކުގެ އެހީތެރިކަން ލިބެމުންދާ ކަމަށް ؛ލަތީފް ވިދާޅުވިއެވެ.