ދިރާގުން ދެމުން އަންނަ ބްރޮޑް ބޭންޑް އިންޓަނެޓްގެ ހިދުމަތަށް ބުރޫ އަރާ ކަސްޓަމަރުންނަށް ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

ދިރާގުން މިއަދު ބުނި ގޮތުގައި މިއަދު ހެނދުނުގެ ވަގުތުން ފެށިގެން އެ ކުންފުނީގެ ފިކްސްޑް ބްރޮޑްބޭންޑް ހިދުމަތަށް ވަނީ ބުރޫ އަރާފަ އެވެ. އަދި ވީހާވެސް އަވަހަކަށް އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އެ ކުންފުނިން ވަނީ ކަސްޓަމަރުންގެ ކިބައިން މާފަށް ވެސް އެދިފަ އެވެ.

ދިރާގުގެ ފިކްސް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތަށް ބުރޫ އެރި ނަމަވެސް، ދިރާގު މޯބައިލް އިންޓަނެޓަށް މައްސަލަ ދިމާވެފައެއް ނުވެ އެވެ.