24 Nov 2011, 15:23
މެންޗެސްޓާ ސިޓީގެ އިޓަލީ ފޯވާޑު މާރިއޯ ބަލޮޓެލީގެ ކުޅުން ރަނގަޅު ކުރަމުންދާތީ އެކުލަބުގެ ކޯޗު ރޮބާޓޯ މަންޗިނީ ތަޢުރީފް ކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ޕްރެމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް މެންސިޓީ ކުޅެ 3-1 ލަނޑުން މޮޅުވި މެޗުގައި ބަލޮޓެލީ ކާމިޔާބުކުރި ގޯލާއި އެކު، މިސީޒަނުގައި އޭނާ ކާމިޔާބު ކުރި ގޯލުގެ އަދަދު ވަނީ އަށަކަށް އަރާފަ އެވެ. އެމެޗުގައި ބޮލެޓެލީ ގޯލު ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނެޓަކަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީ އަކުންނެވެ.
"ޕެނަލްޓީ ތަކުގައި ވެސް ބޮލޮޓެލީ އަކީ މޮޅު ކުޅުންތެރިއެއް. ލިބޭ ޕެނަލްޓީތައް ބޭކާރު ވުމަކީ އޭނާގެ ފަރާތުން ފެންނާނެ ކަމެއް ނޫން. ބޮލޮޓެލީ އަކީ އަހަރެމެން ނަށް ވަރަށް މުހިންމު ކުޅުންތެރިއެއް. އޭނާގެ ކުޅުން ދުވަހަކަށް ވުރެ ދުވަހެއް ރަނގަޅު ވަމުން ދާކަން ފާހަގަ ކުރެވޭ." ބަލޮޓެލީ ބުންޏެވެ.
ޕްރެމިއާ ލީގުގެ އެއްވެސް މެޗަކުން މިސީޒަނުގައި ބަލިވެފައި ނުވާ މެންސިޓީ އޮތީ ލީގުގެ އެއްވަނާގަ އެވެ. ދެވަނާގައި އޮތް މެންޔުނައިޓެޑާއި މެންސިޓީ އާއި ދެމެދު ފަސް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.