އަބޫ ދާބީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދުގެ ދައުވަތަކަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެގައުމަށް ފުރާވަޑައިގެންފިއެވެ.

އެކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ހޫދު މިރޭ "ސަން"އަށް ވިދާޅުވީ، އެ ދަތުރުފުޅަކީ، ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ބައްދަލުވުންތަކެއް ބޭއްވޭނެ ކަމަށެވެ.

އެގޮތުން ވަލީއަހުދުގެ އިތުރުން ޔޫއޭއީގެ ފޮރިން މިނިސްޓަރާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.