މާފަންނު މާޔާ ކްލިނިކް ކައިރީގައި މިއަދު މާރާމާރީ ހިންގާފައިވަނީ ދެ ބިދޭސީން ކަމަށާއި މާރާމާރީއަށްފަހު ދެ މީހުންވެސް ފިލާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެ މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު 13:18 ގަ އެވެ.

މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނައިރު ފުލުހުން ބުނީ، މާރާމާރީ ހިންގުމަށްފަހު ފިލި ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާލޭގައި ދިވެހިންގެ މެދުގައި ގްރޫޕް މާރާމާރީތައް ހުއްޓިފައި ގިނަ ދުވަސްތަކެއް ވީ ނަމަވެސް ބިދޭސީންގެ ދެމެދުގައި މި ފަހަކަށް އައިސް އަންނަނީ މާރާމާރީ އިތުރުވަމުންނެވެ.