24 Nov 2011, 15:09
ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ 51 ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން މުހައްމަދު ޔާސިރާއި މުއީނާ މުހައްމަދު ހޯދައިފި އެވެ.
މިކްސް ޑަބަލްސް ޗެމްޕިއަންކަން ޔާސިރާ އާއި މުއީނާ ހޯދީ ފައިނަލުގައި މޫސާ މުންސިފާއި އައިމިނަތު ޝިއުރާއާ ބައްދަލުކޮށް3- 2 އިން މޮޅުވެގެންނެވެ.
މިމުބާރާޓުގެ ފުރަތަމަ ޑިވިޝަނުގެ އަންހެން ޑަބަލްސް ފައިނަލުގައި ޖުމާނާ ނިމާލާއި މަރިޔަމް ޝަފީގު އަދި މުއިނާ މުޙައްމަދު އާއި އައިޝަތު ނިޝާ ބައްދަލުކުރި މެޗް 3-1 ލަނޑުން މޮޅުވެ ޗެމްޕިއަން އަކީ މުނިޔާ އާއި އައިޝަތު ނިޝާއެވެ.
މުބާރާޓުގެ ދެ ވަނަ ޑިވިޝަނުގެ ފިރިހެން ޑަބަލްސް ފައިނަލުގައި ހުސައިން ޝިފްނާން އާއި ޖާދުﷲ ހަސަން ވާދަކޮށް 4- 1 އިން މޮޅުވެ ޗެމްޕިއަންކަން ހޯދީ ޝިފްނާނެވެ.
މީގެއިތުރުން މިމުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެނުންގެ ޑަބަލްސް ފުރަތަމަ ބުރުގައި މުންސިފާއި ޔާސިރު އަދި މުހައްމަދު އަހުސަމް އާއި މުހައްމަދު ރާއިފް ވާދަކުރި މެޗު 3- 0 އިން ކާމިޔާބުކުރީ މުންސިފާއި ޔާސިރެވެ. މުހައްމަދު ޒީސްތު އާއި މުހައްމަދު މައިޒަރު އަދި ފައްތާހު އަބްދުﷲ އާއި މުހައްމަދު މުންތިފް ބައްދަލުކުރި މެޗު 3- 2 އިން ކާމިޔާބުކުރީ ޒީސްތު އާއި މައިޒަރެވެ.
ޓީމު އިވެންޓުގައި ޕްރައިމް ކެޕިޓަލް ސްޕޯޓްސް ކްލަބާއި ރިވަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 3- 0 އިން ކާމިޔާބުކުރީ ކެޕިޓަލް ސްޕޯޓްސް ކްލަބެވެ.
މިމުބާރާތުގެ ކުޅުން މާދަމާ ރޭ ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.