30 Nov 2019, 08:24
ސައުތު ކޮރެއާގެ ކޭ ޕޮޕް ސްޓާ ޖަންގް ޖޫން ގޭންގް ރޭޕެއްގެ މައްސަލައިގައި ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.
އޭނާ ޖަލަށް ލާން ނިންމީ ހަ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެފްޓީ އައިލެންޑް ބޭންޑުގެ ކުރީގެ މެންބަރު ޖަންގް ޖަލަން ލާން ނިންމީ 2016 ވަނަ އަހަރު ކުރި ގޭންގް ރޭޕެއްގެ މައްސަލައަކާ ގުޅިގެންނެވެ.
އުމުރުން 30 އަހަރުގެ ޖަންގްގެ އިތުރުން ޖަލަށް ލާން ހުކުމް ކުރީ ޕޮޕް ސްޓާ ޗޮއި ޖަންގް ހޫން އެވެ. އެ މީހުން ރޭޕްކުރީ މަސްތުވެ ހާލުގައި ތިބި އަންހެނުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެދެމީހުންގެ މައްޗަށް ސާބިތުވެފައިވަނީ ގަދަކަމުން ބަދު އަހްލާގީ އަމަލު ހިންގާ އެ މަންޒަރު ވީޑިއޯކޮށް އެ ވީޑިއޯ ކްލިޕް ބެހުމުގެ ކުށެވެ.