29 Nov 2019, 08:06
ކަރަން ޖޯހަރުގެ "ގޯސްޓް ސްޓޯރީސް" ރިލީޒްކުރާ ތާރީހް އާންމުކޮށްފި އެވެ.
ކަރަން އާއި ޒޯޔާ އަހްތަރު ގުޅިގެން ގެނެސްދޭ އެ ފިލްމު ރިލީޒްކުރާނީ އަންނަ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހު ނެޓްފްލިކްސްގަ އެވެ.
ލަސްޓް ސްޓޯރީސް ގެނެސްދިނުމަށް ފަހު އާ ޕްރޮޑަކްޓެއް ގެނެސްދޭން ކަރަން ތައްޔާރުވަމުން އަންނައިރު އޭނާ ބުނީ ގޯސްޓް ސްޓޯރީސް ވެސް ބެލުންތެރިންނަށް ކަމުދާނެ ކަމަށެވެ. މިއީ ސުޕަނެޗުރަލް ފިލްމެކެވެ.
އެ ފިލްމުގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ޖާންވީ ކަޕޫރު، މުރްނާލް ތާކުރު އަދި ވިޖޭ ވަރްމާ އެވެ.
ގޯސްޓް ސްޓޯރީސް ގެނެސްދޭނެކަން ނެޓްފްލިކްސް އިންވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
ކަރަން އެންމެ ފަހުން ނެޓްފްލިކްސް އަށް ގެނެސްދިނީ ޑްރައިވް އެވެ. އެ ފިލްމަށް މާބޮޑު ތަރުހީބެއް ލިބިފައެއްނުވެ އެވެ. އެ ފިލްމަކީ ބޮލީވުޑްގެ ކާމިޔާބު ތަރި ސުޝާންތު ސިންގް ރާޖްޕުތު އާއި ޖެކްލީން ފާނަންޑޭޒް ލީޑު ރޯލުން ފެނިގެންދިޔަ ފިލްމެކެވެ.