ކާމިޔާބު ތަމިލް އެކްޓަރު ބާލާ ސިންހް ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ އެވެ.

ބާލާ މަރުވީ އުމުރުން 67 އަހަރުގަަ އެވެ.

އޭނާ މަރުވި އިރު އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. ކާނާ ވިހަވުމުގެ ސަބަބުން ބާލާ އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. ޚަބަރުތައް ބުނާ ގޮތުގައި އޭނާ މަރުވީ ބުދަ ދުވަހު އެވެ.

ބާލާ މަރުވުމާ ގުޅިގެން އޭނާގެ ފޭނުން އަންނަނީ ހިތާމަފާޅުކޮށް ސޯޝަލް މީޑިއާގައި ތައުޒިޔާގެ މެސެޖުތައް ޕޯސްޓުކުރަމުންނެވެ.

އޭނާ ވަނީ ގިނަ އަދަދެއްގެ ފިލްމުތަކުން ފެނިގެން ގޮއްސަ އެވެ. އޭގެ ތެރޭގައި "ވައްލާ ދޭސަމް" އާއި "އައްތު" ހިމެނެ އެވެ.