24 Nov 2011, 13:19
ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ އަލް މުދިޝް 38 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތުގެ ދެ ވަނަ ޑިވިޒަން ޓީމް އިވެންޓުގެ ޗެމްޕިއަންކަން މަޑިފުށި ޒުވާނުންގެ ޖަމިއްޔާއިން ހޯދައިފި އެވެ.
މިއަދު ހެނދުނު ކުޅުނު މިމެޗުގައި މަޑިފުށި ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ކުލަބް އީގަލްސް އާއި ބައްދަލުކުރި ޓައި ތިން މެޗް އެއްމެޗުން ޓައި ކާމިޔާބު ކޮށްގެންނެވެ.
މިމުބާރާތުގެ ދެ ވަނަ ޑިވިޒަންގައި ބައިވެރިވެފައި ވަނީ ފަސް ޓީމެވެ. އެއީ މިދިއަ އަހަރުގެ ޗެމްޕިއަން ޔުނިކް ސްޕޯޓްސް ކުލަބާއި ރަނަރަޕް ކްލަބް ސްޓެޓިކާއި ކުލަބް އީގަލްސް އާއި މަޑިފުށި ޒުވާނުންގެ ޖަމްއިއްޔާ އަދި ދަންވަރު ފްރެންޑްލީ ކުލަބެވެ.
ޤައުމީ މުބާރާތުގެ އިތުރުން މިހާރު ކުރިއަށްދާ އަލް މުދިޝް ހަތަރު ވަނަ އަތޮޅު ލީގެ ޓީމް އިވެންޓުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހު 3:45 ގައި ކުޅިވަރު އެކުއެނީ ބެޑްމިންޓަން ކޯޓުގައެވެ. މިމެޗް އެމްއެންބީސީ ޗެނަލް 1 ން އިން ލައިވެ ކުރުމަށް ވަނީ ހަމެޖެހިފައެވެ.