ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ

ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރަށް މިއަދު އައްޔަނުކުރައްވާފައިވަނީ ހއ. އިހަވަންދޫ ވައިޖެހޭގެ ހާމިދު ޝަފީއުއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ހާމިދަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ ކޮލެޖް އޮފް ލަންޑަން އިން ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ހާމިދު އެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރީން ހުންނެވީ އިންޓެލެކްސީ ނެޓްވޯކްގެ ސީނިއާ އެންޓަޕްރައިޒް ކޮންސަލްޓެންޓެއްގެ މަގާމުގައެވެ.

އޭނާ އަކީ މީގެކުރީންވެސް ރައީސް އޮފީހުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 1998 އިން ފެށިގެން 2007ގެ ނިޔަލަށް އޭނާ ހުންނެވީ ރައީސް އޮފީހުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމެންޓްގެ މެނޭޖާ ޓެކްނިލިކަން ސާވިސެސް ޔުނިިޓުގައެވެ.

އޭނާއަކީ ނުޓަނިކްސް ސަޕޯޓް ސްޕެޝަލިސްޓެއްގެ އިތުރުން ސިސްކޯ މެރާކީ ސަޕޯޓް ސްޕެޝަލިސްޓެކެވެ.