LIVE - Dhaulathun edhunu gothah 5 aharuge jalu hukumeh Yaamin ah ihvai shareeiy ninmaalaifi
LIVE - Dhaulathun edhunu gothah 5 aharuge jalu hukumeh Yaamin ah ihvai shareeiy ninmaalaifi

Last Updated:
6 year 12 month ago

ދައުލަތުން އެދެނު ގޮތަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައި ޝަރީއަތް ނިންމާލައިފި

    ބުލޮގު ޚުލާސާ

    ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން މަނީލޯންޑްރިންގެ ދައުވާއެއް އުފުލީ، ފެބުރުއަރީ 13ގަ އެވެ. ޝަރީއަތް ކުރިމިނަލް ކޯޓްގައި ފެށީ، އޭޕްރިލް 25ގަ އެވެ.

    LIVE - Dhaulathun edhunu gothah 5 aharuge jalu hukumeh Yaamin ah ihvai shareeiy ninmaalaifi
    LIVE - Dhaulathun edhunu gothah 5 aharuge jalu hukumeh Yaamin ah ihvai shareeiy ninmaalaifi

    މަނީލޯންޑްރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް އުފުލީ؛ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކިފާނުގެ އަމިލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގަ އެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލުމުގެ ތުހުމަތުވެސް ކޮށްފައިވެ އެވެ.

    މައްސަލައިގެ ޝަރީއަތް ފަށާނީ މިއަދު މެންދުރު 1:30ގަ އެވެ.

    14:56

    ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

    އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށްވެސް ވަނީ ނިންމާފައި

    14:56

    އަދަބު ކަނޑައެޅުމުގެ ޝަރީއަތް ފަށައިފި

    14:28

    ދައުލަތުން އެދުނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް. އެއީ މީގެ ކުރިން ކުށުގެ ރެކޯޑެއް ނެތިފައި ގާނޫނު ބުނާ އެންމެ ކުޑަ އަދަބަކީ ފަސް އަހަރަށް ޖަލަށް ލުން ކަމަށް ވާތީ ކަމަށް ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވޭ

    14:25

    ހުކުމް އިއްވަމުން ގާޒީ އަލީ ރަޝީދު ވިދާޅުވީ މައްސަލަ ސާބިތުވެފައިވަނީ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކަމަށް. އެއީ ފާއިތުވި 10 ދުވަހު ފަސް ގާޒީއިން އެމައްސަލަ ދިރާސާކުރުމަށޤ ފަހު ނިންމާފައިވާ ނިންމުމެއް ކަމަށް ގާޒީ ވިދާޅުވި

    14:22

    ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އޭރުގެ އެމްއެމްޕީއާރުސީގެ އެމްޑީ އަބްދުﷲ ޒިޔަތު ޝަރީއަތުގެ މަޖިލީހަށް ދީފައިވާ ބަޔާން ގަބޫލު ނުކުރެވޭނެ ކަމަށް ރައީސް ޔާމީންގެ ފަރާތުން ބުނެފައިވާ ކަން ގާޒީ ފާހަގަ ކުރެއްވި. އެހެންނަމަވެސް އެ ދެ ބޭފުޅުންގެ ހެކިބަހަށް ބާރުލިބޭ އިތުރު ހެކިތަކެއް ހުރުމުން އެ ހެކިބަސް ބަލައި ގަނެވޭ ކަމަށް ގާޒީ ވިދާޅުވި

    14:21

    ފައިސާގެ މުއާމަލާތްތައް ހިނގާފައިވާ ގޮތަށް ބަލާއިރު އަދި ހެކިންގެ ހެކި ބަހަށް ބަލާއިރު ކުށުގެ ދެ އުންސުރުވެެސް ފުރިހަމަވާ ކަމަށް ގާޒީ ވިދާޅުވި

    14:16

    ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފްގެ އެކައުންޓުން ޖަމާވި ފައިސާކަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ރައީސް ޔާމީން ހުށަހެޅި މާލީ ބަޔާނުން އެނގެން އޮންނަ ކަން ގާޒީ ފާހަގަ ކުރެއްވި

    14:14

    ރައީސް ޔާމީން ކޮޅަށް ތެދުވެ ވަޑައިނުގެންނެވި

    ޝަރީއަތް ކުޑަވަގުތު ކޮޅަކަށް މެދުކަނޑާލުމަށް ފަހު، ފަނޑިޔާރު ބޭފުޅުން ނިކުމެ ވަޑައިގަންނަވަން ފެށުމުން ކޯޓްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޝަރީއަތުގެ މަޖިލީހުގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް ކޮޅަށް ތެދުވަޑައިގަތް. އެހެން ނަމަވެސް، ރައީސް ޔާމީން ކޮޅަށް ތެދުވެ ވަޑައި ނުގެންނެވި. ކޯޓްގެ ގަވާއިދުގައިވާ ގޮތުން އަދި ޝަރީއަތް ފެށުމުގެ ކުރިން އިއްވާ އުސޫލުތަކުގައިވާ ވެސް ވާގޮތުން، އެއީ ކޯޓްގެ ހުރުމަށް ކެނޑޭނެ ފަދަ ކަމެއް. އަދި އެފަދަ ހާލަތުގައި ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވޭ.

    ޝަރީއަތުގެ މަޖިލިސް ތެރެއިން --

    14:13

    ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފާ ކޮށް 36 މަސް ދުވަހުގެ މުއްދަތަށް ފައިސާ އިންވެސްޓްކޮށްފައިވާ ކަމާއި، އޭސީސީގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާ ކޮށްފައިވަނީ އެހެން ފަރާތެއްގެ އަތުން ހޯދި އެއް މިލިއަން ޑޮލަރުކަން ދައުލަތުން ހުށަހެޅި ޝަފަވީ ހެކިސް ސާބިތުވާކަން

    14:07

    ޝަރީއަތް ވަގުތުން:

    13:51

    ދެފަރާތުން ދެއްކި ވާހަކަތަކާއި ހެކިންގެ ހެކިބަހާއި އެހެން ހުރިހާ ކަމަށް ބެލުމުން ފާހަގަ ކުރުވުން ކަންކަން ގާޒީ އަލީ ރަޝީދު މިހާރު އިއްވަވަން ފަށައިފި

    13:50

    މިއަދު އޮތީ މައްސަލަ ނިންމުން ކަމަށ ރިޔާސަތުގައި އިންނެވި ގާޒީ އަލީ ރަޝީދު ވިދާޅުވެއްޖެ. މިހާރު އިއްވަން ފަށާފައި މައްސަލައިގެ ފާހަގަ ކުރެވޭ ނުކުތާތައް

    13:50

    ކުރިމިނަލް ކޯޓް ސަރަހައްދު ވަނީ މިހާރު ބެރިކޭޑް ޖަހައި ބަންދުކޮށްފައި. ކުރިމިނަލް ކޯޓް ހުންނަ މަގުގެ، ހުޅަނގު ފަރާތުން މާރުކޭޓް ސަރަހައްދުގައި ޔާމީންގެ ސަޕޯޓަރުން ގެންދަނީ އަޑުގަދަ ކުރާ ބޭނުންކޮށްގެން އަޑުއުފުލަމުން. މަދު ނޫން އަދަދެއްގެ ބަޔަކު އެތަނަށް އެއްވެ ގޮވަމުން ދަނީ، އެއީ ސިޔާސީ ދައުވާއެއް ކަމަށާއި މައްސަލަ ބާތިލް ކުރުމަށް. އަދި ކޯޓް ހިންގަވަން ވަގުތީ ގޮތުން ހުންނެވި ގާޒީ އަލީ ރަޝީދު ހައްޔަރު ކުރުމަށް ވެސް ސަޕޯޓަރުން ގޮވަމުން ދޭ.

    13:49ނަޖާހު މަސްއޫދުކްރިމިނަލް ކޯޓު

    ޝަރީއަތުގެ މަޖިލިސް ފަށައިފި

    13:46

    ޝަރީއަތުގެ މަޖިލިސް ފަށަން ތައްޔާރުވެއްޖެ. ދައުލަތުގެ ވަކީލުންނާއި ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ޓީމު ވަނީ ކޯޓު ރޫމަށް ވަޑައިގެންފައި

    13:42

    މަނީ ލޯންޑަރިންގެ ގާނޫނުގައިވާ ގޮތުން އެ ކުށަކީ ބޮޑު އަދަބު ކަނޑައެޅިފައިވާ ކުށެއް ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ އެމަނިކުފާނުގެ މައްޗަށް ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ. އަދި 100،000 ރުފިޔާ އާއި އެއްމިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދެއްގެ ޖޫރިނަމާއެއްވެސް އަންނާނެ.

    13:39

    ކްރިމިނަލް ކޯޓު ސަރަހައްދު ވަކި ހަމައަކުން ވަނީ ބެރިކޭޑް ޖަހާ ބަންދުކޮށްފައި. ގިނަ އަދަދެއްގެ ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރި ވަމުން

    13:38ކުރިމިނަލް ކޯޓް ސަރަހައްދު

    ފޮޓޯއިން: ސަޕޯޓަރުން ކުރިމިނަލް ކޯޓް ސަރަހައްދުގައި

    ރައީސް ޔާމީންގެ ސަޕޯޓަރުން ދަނީ ގާޒީ އަލީ ރަޝީދު ހައްޔަރު ކުރުމަށާއި ސިޔާސީ ޝަރީއަތްތައް ހުއްޓާލުމަށް ގޮވާލަމުން.

    ޔާމީންގެ ޝަރީއަތް ފެށުމަށް ތައްޔާރުވެފައިވާއިރު އެމަނިކުފާނުގެ ސަޕޯޓަރުން ކްރިމިނަލް ކޯޓު ބޭރުގައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

    ޔާމީންގެ ޝަރީއަތް ފެށުމަށް ތައްޔާރުވެފައިވާއިރު އެމަނިކުފާނުގެ ސަޕޯޓަރުން ކްރިމިނަލް ކޯޓު ބޭރުގައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

    ޔާމީންގެ ޝަރީއަތް ފެށުމަށް ތައްޔާރުވެފައިވާއިރު ފުލުހުންގެ ވެހިކަލެއް ކްރިމިނަލް ކޯޓު ބޭރުގައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

    13:36

    އެސަރައްހަދުގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރައީސް ކުރީގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ މައްސަލާގައި ހުކުމް ކުރަން ތާވަލުކޮށްފައި ވަނިކޮށް ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމަކީވެސް މައްސަލަތަކެއް އުޅޭ ކަމުގެ ހެއްކެއް ކަމަށް

    13:35ހ. ދޫވެހި ސަރަހައްދު

    ޔާމީންއަށް ސަޕޯޓަރުންގެ ހިތްވަރު

    ޔާމީން ޝަރީއަތަށް ވަޑައިގަތުމަށް ގެއިން ނިކުމެ ވަޑައިގަތް ވަގުތު އެމަނިކުފާނުގެ ސަޕޯޓަރުން އެމަނިކުފާނުގެ ގެކޮޅު ސަރަހައްދަށް އެއްވި. ރައީސް ސަޕޯޓަރުން ވަނީ ހިތްވަރު ދީފައި. އެމަނިކުފާނު ހިނިތުންވެ ހުންނަވާ ސަޕޯޓަރުންނަށް އިޝާރާތް ކުރެއްވި. އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ ކުރިމިނަލް ކޯޓް ސަރަހައްދަށް ވެސް އެއްވެފައި.

    ކުރީގެ ރައީސް ޔާމީން ކޯޓަށް ވަޑައިގަތުމުގެ ކުރިން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

    ކުރީގެ ރައީސް ޔާމީން ކޯޓަށް ވަޑައިގަތުމުގެ ކުރިން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

    ކުރީގެ ރައީސް ޔާމީން ކޯޓަށް ވަޑައިގަތުމުގެ ކުރިން ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

    13:35

    ރައީސް ޔާމީނަށް ތާއީދު ކުރައްވާ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ އިސް ފަރާތްތައް މިވަގުތު ވަނީ ކްރިމިނަލް ކޯޓު ސަރަހައްދަށް ޖަމާވެފައި

    13:33

    ރައީސް ޔާމީންގެ ވަކީލުން ކޯޓަށް ވަޑައިގަންނަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

    13:24މުއާވިޔަތު އަންވަރުކުރިމިނަލް ކޯޓް ސަރަހައްދު

    ޔާމީން ކޯޓަށް ވަޑައިގެންފި

    ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީލޯންޑްރިންގެ ދައުވާގެ ހުކުމް އިއްވުމަށް މިއަދު ކުރިމިނަލް ކޯޓްގައި ބާއްވާ އަޑުއެހުމަށް ރައީސް ޔާމީން އާއި އޭނާގެ ވަކީލުން މިހާރު ވަނީ ކުރިމިނަލް ކޯޓަށް ވަޑައިގެންގެންފައި.