28 Nov 2019, 07:18
ބޮލީވުޑް އެކްޓްރެސް އީޝާ ޑިއޯލް އަށް ލިބުނު އަންހެން ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފި އެވެ.
އީޝާ އަށް ދެވަނަ ކުއްޖެއް ލިބުނީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. މިރާޔާ ނަމުން ނަންދިން އެކުއްޖާގެ ފޮޓޯއެއް އީޝާގެ އިންސްޓަގްރާމް އެކައުންޓުގައި ވަނީ ހިއްސާކޮށްފައެވެ.
އެދެމީހުނަށް ފުރަތަމަ ދަރިފުޅު ލިބިފައި ވަނީ 2017 ވަނަ އަހަރު އޮގަސްޓު މަހުގަ އެވެ.
އީޝާ އަކީ ބޮލީވުޑުގެ ކާމިޔާބު ބަތަލާ ހެމާ މާލިނީ އާއި އެކްޓަރު ދަރްމެންދުރަގެ އަންހެން ދަރިފުޅެވެ.
އީޝާ އާއި މުމްބާއީގެ ވިޔަފާރިވެރިޔާ ބާރަތު ކައިވެނި ކޮށްފައި ވަނީ 2012 ވަނަ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދެމީހުންނަކީ ކުޑަ އިރުން ފެށިގެން ވެސް ގާތް އެކުވެރިންނެވެ. ނަމަވެސް ސްކޫލް ނިމުމަށް ފަހު ދެ މީހުން ވެސް އަމިއްލަ މިސްރާބަކަށް ދަތުރު ފެށި އެވެ.
އެއަށް ފަހު ދެމީހުން އަލުން ދިމާވީ 2011 ވަނަ އަހަރު ރިލީޒް ކުރި އީޝާގެ ފިލްމު 'ޓެލް މީ އޯ ޚުދާ'ގެ ޝޫޓިންގްގެ ތެރެއިންނެވެ. އެއަށް ފަހު ދެމީހުން ލޯބީގެ ގޮތުން ގުޅި ކައިވެނި ކުރީ އެވެ.