އިސްލާމީ މަރުކަޒުގައި ސީސީޓީވީ ކެމެރާ ސަޕްލައިކޮށް ހަރުކުރުމުގެ މަސައްކަތް ކުރުމަށް އިސްލާމިކް މިިނިސްޓްރީން، ސްޕެކްޓްރާ އެކްސްޓްރީމް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ، އިއްޔެ ހަވީރު އިސްލާމިކް މިނިސްޓްރީގަ އެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ 595،449.98 ރުފިޔާއަށެެވެ.

އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީއެވެ. އަދި ސްޕެކްޓްރާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ނިޒްވީން އެވެ.

އެ މަސައްކަތް 35 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ އެއްބަސްވުުމުގެ ދަށުން 27 ކެމެރާ މުޅި މިނިސްޓްރީގެ ގޯތި ތެރޭގަ އާއި މިނިސްޓްރީގެ އެތެރޭގެ ސަރަހައްދުތަކުގެ އިތުރުން މިސްކިތުގެ ބައެއް ސަރަހައްދުގައި ހަރުކުރުމަށް ހަމަޖެހިފަިއވާ ކަމަށެވެ.