27 Nov 2019, 19:51
ކޯޓުން ބޭރުން ކުޑަކުދިންނާ ކުރާ ކައިވެނީގެ މައްސަލަތައް ރިޕޯޓްކުރަން އާންމުންގެ ކިބައިން ރައްޔިތުންގެ މަޖިލީހުން އެދިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ކުޑަކުދިން ކައިވެނިކުރުމާ ގުޅޭ މައްސަލަތައް މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީން މިހާރު ދިރާސާކުރަމުންގެންދާ ކަމަށެވެ
"މިފަދަ މައްސަލަތަކުގެ މައުލޫމާތު އެނގިވަޑައިގަންނަވާ އާންމު ފަރާތްތަކުން އެކަމާ ގުޅޭ މައުލޫމާތު އަށެއް ޑިސެމްބަރުވާ އާދިއްތަ ދުވަހުގެ ކުރިން އެ މައްސަލަތައް ހުށަހަޅުއްވާ ފަރާތްތަކުގެ ނަމާއި ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެގޮތަށް އެ މައްސަލައެއް ކޮމެޓީގެ އީމައިލް އެޑްރެސް[email protected]ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައިދެއްވުން އެދި ދެންނެވީމެވެ." މަޖިލީހުގެ ބަޔާނުގައި ވެއެވެ.
އެފަދަ މައްސަލަތައް ބަލަން އާންމުންގެ އެހީއަށް އެދުނުއިރު ރާއްޖޭގެ ރަށެއްގައި 26 އަހަރުގެ ފިރިހެނަކު 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ކައިވެނީގެ ނަމުގައި ގުޅި، އެކުއްޖާއަށް ޖިންސީ އަނިޔާދީ އެކުއްޖާ ބަލިވެއިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
ޖެންޑާ އަދި ފުލުހުން އެކަމާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނީ އެ މައްސަލަ ބެލިއިރު، މި މައްސަލައިގައި ހިމެނޭ އާއިލާއަކީ، ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ އާއިލާއެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަން އިތުރަށް ބެލުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހާއްސަ ޓާސްކްފޯހެއްވެސް އުފައްދަވައިފައެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީންވެސް އަންނަނީ އެ މައްސަލަ ދިރާސާކުރަމުންނެވެ.